މުނިފޫހިފިލުވުން

ސިދާތް ޝުކްލާއާއި ޝެހެނާޒް ގިލް ބިގްބޮސްއަށް


"ބިގްބޮސް" ގެ 13 ވަނަ ސީޒަނާއިއެކު ޝޯގެ ދެ ބައިވެރިން ކަމުގައިވާ ސިދާތް ޝުކްލާއާއި ޝެހެނާޒް ގިލް ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އިތުރު ތަޢާރަފަކަށް ބޭނުންނުވާ މި ދެތަރިންގެ ރަޙްމަތްތެރިކަންވެސް އެހާ ވަރުގަދައެވެ.

މި ދެމީހުން އެކުގައި ސްކްރީނުން ފެންނާނެ ވަގުތަކަށް ފޭނުން ތިބީ އިންތިޒާރުގައެވެ. ސިދާތާއި ޝެހެނާޒް މި ފަހަރުގެ ބިގްބޮސް އިން ފެންނަން މި ވަނީ ތައްޔާރުވެފައެވެ. މިގޮތުން މިހާރު ޑިޖިޓަލް ޕްލެޓް ފޯމުން ގެނެސްދޭ ބިގް ބޮސްގެ ޝޯގެ މި ހަފްތާގެ ބަންދުގައި މި ދެމީހުން ފެންނާނެއެވެ.

މި ދެމީހުން ބިގްބޮސް ޝޯއަށް ގޮސް ސީޒަން 13 ގައި ދެ ތަރިން އުޅުނުގޮތް ދައްކައިދޭ ވީޑިއޯ "ސިލްސިލާ ސިދްނާޒްކާ" ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝޯގެ ހޯސްޓް ކަރަން ޖޯހަރާއިއެކު ވަގުތުކޮޅެއް ހޭދަކުރާނެއެވެ.

ބިގްބޮސް ސީޒަން 13 ނިމުނުފަހުންވެސް ސިދާތް އާއި ޝެހެނާޒް ފެންނަނީ ވަރަށް އެކުގައި އުޅޭތަނެވެ.