ޚަބަރު

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެންޕިއަންއަކަން މަޑި ޔުނައިޓެޑް ހޯދައިފި


ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އއ. ރަސްދޫގައި ކުރިއަށްގެންދިޔަ ވަންޑޭ ފުޓްސަލް ކަޕްގެ ޗެންޕިއަންކަން މަޑި ޔުނައިޓެޑް ހޯދައިފިއެވެ.

ޒުވާނުންގެ ދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޔޫތު ކަޕް ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި މުބާރާތުގައި 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ފިރިހެން 8 ޓީމަކާއި އަންހެން 3 ޓީމެކެވެ.

މުބާރާތުގެ ފައިނަލުގައި ބައްދަލުކުރީ މަޑި ޔުނައިޓެޑްއާއި އިސޯލާ އެފްސީއެވެ. މި މެޗު މަޑި ޔުނައިޓެޑްއިން ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުންނެވެ.

މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ނާސިޙްއެވެ. 1 ވަނައަށް ހޮވުނު ޓީމަށް ތައްޓާއި މެޑަލް ވަނީ ދީފައެވެ.

މި މުބާރާތް އިންތިޒާމްކޮށްފައިވަނީ ޔޫތު މިނިސްޓްރީއާއި އއ. ރަސްދޫ ކައުންސިލް ގުޅިގެންނެވެ. މިއަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ އއ. ރަސްދޫގައެވެ.