ޚަބަރު

އެސްޓަން މާޓިން އެފް-ވަން އަށް ހުށަހެޅި އެޕީލް އަނބުރާ ގެންގޮސްފި


ފޯމިއައުލަރ ވަންގެ ހަންގޭރީ ގްރޯން ޕްރީން ދެވަނައަށް ދިޔަ އެސްޓަން މާޓިންގެ ޑްރައިވަރ ސެބަސްޓިއަން ވެޓެލް ޑިސްކޮލިފައި ކުރުމާއި ގުޅިގެން އެ ޓީމުން ކުރި އެޕީލް އަނބުރާ ނަގައިފިއެވެ.

ވެޓެލް ޑިސްކޮލިފައިކޮށްފައިވަނީ އޭނާގެ ކާރުން ރޭސް ނިންމުމަށްފަހު ބާކީ ހުންނަށް ޖެހޭ ވަރަށް ތެޔޮ ހުރިކަމަށް ދެއްކި ނަމަވެސް އެވަރަށް ކާރުން ތެޔޮ ނުނެގުމުންނެވެ. އާންމުކޮށް އެފް ވަންގެ ރެހަކަށްފަހު ކޮންމެ ކާރެއްގައިވެސް ބާކީ އެއް ލީޓަރުގެ ތެޔޮ ހުރުމަކީ މަޖުބޫރު މާއްދާއެކެވެ.

އެސްޓަން މާޓިން އިން އެފް ވަންއަށް ހުށަހެޅި ހުށަހެޅުމުގައިވާގޮތުން ކާރުން ބޭނުންވާވަރަށް އެއް ޅީޓާރުގެ ތެޔޮ ނުނެގުނީ ކާރުގެ ފިއުލް ސިސްޓަމަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން ތެޔޮ ލީކުވެފައިވުމުންނެވެ. އަދި އެކަން އެޓީމަށް ކުރިން ނޭނގޭ ކަމަށެވެ. ނަމަވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ފާހަގަކުރާގޮތުގައި އެއީކީ ވެޓެލް ޑިސްކޮލިފައިކުރި ކުރުން ބަދަލު ކުރެވޭނެ ހެއްކެއް ނޫން ކަމަށާއި ކާރަށް ދިމާވާ އެފަދަ މައްސަލަ ތަކަކީ މިފަދަ ކަންކަމުގައި ބެލޭނެ އުޒުރެއް ނޫން ކަމަށެވެ.

ވެޓެލްގެ ހޯދި އެކާމިޔާބީ ވެގން ދިޔައީހީ އެސްޓަން މާޓިންއަށް މިސީޒަންގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ބެލެވިގެންދިޔައީހެވެ. އަދި ކޮންސްޓަރްކްޓަރ ޓޭބަލްގައި ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައީހެވެ. އަހަރު ނިމޭއިރު ޓީމްތަކަށްދޭ ފައިސާގެ އިނާމް ބިނާވެފައިވަނީ ކޮންސްޓްރަކްޓަރސް ޓޭބަލްގައި ލިބޭ ވަނައިގެ މައްޗަށެވެ. ނަމަވެސް ވެޓެލް އެރޭހުން ދެވަނައަށް ދިއުމުން ސީޒަންގެ ކުރިއަށް އޮތް ބައިގާ ރަނގަޅު ކާމިޔާބީތަކެއް ހާސިލް ކުރެވިދާނެކަމަށްވެސް އެޓީމުން ގަބޫލް ކުރެއެވެ. މިވަގުތު އެސްޓަން މާޓިން އޮތީ 10 ޓީމް ހިމެނޭ ޓޭބަލްގެ 7 ވަނައިގައެވެ.