މުނިފޫހިފިލުވުން

ބަލިމަޑުކަމަށް އެހީވުމަށް ތަރިންތައް ފަންޑު ރައިޒިންނަށް ނުކުންނަނީ


މުނިފޫހިފިލުވައިދޭ ދާއިރާގައި އުޅޭ ގިނަ ތަރިންތަކެއް ބައިވެރިވެގެން އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް ފަންޑްރައިޒިންގ ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ.

ކޯވިޑްގެ ބަލިމަޑުކަން ބޮޑުވެ ހޮސްޕިޓާތައް ފުރި އޮކްސިޖަން ހުސްވެ އެތައް ބަޔަކު މިބަލީގައި އިންޑިއާގައި ވަނީ މަރުވެފައެވެ. މަރުވާ މީހުން ގިނަވެ މީހުން އެނދުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ފުލުފުލުގައި މަގުތައް މަތީގައެވެ. އިންޑިއާގެ މި ހާލަތު ކުޑަކޮށް ރަނގަޅުވުމަށްފަހު އަނެއްކާވެސް ބަލީގެ ނުރައްކާ މި ވަނީ ބޮޑުވާން ފަށާފައެވެ. ސައިންސްވެރިން ބުނާ ގޮތުގައި އިންޑިއާގައި ފެތުރެމުންދާ ކޯވިޑްގެ ވޭރިއަންޓް "ޑެލްޓާ" އަކީ ފަސޭހަކަމާއި ހަލުވިކަމަާއި އެކު ފެތުރެމުން އަންނަ ނުރައްކާ ބޮޑު ވޭރިއެންޓެއެކވެ.

މި ބަލިމަޑުކަމުނ އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ގިނަ ތަރިންތަކެއް ގުޅިގެން ފަންޑް ރައިޒިން ޕްރޮގްރާމެއް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް މި ހަރަކާތް ފަށަން ނިންމާފައިވަނީ މަހުގެ 15 ދުވަހުގެ ރޭ ގަނޑުއެވެ. 3 ގަޑިއިރަށޤ ކުރިޔަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމުން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ ބޭނުންތައް ފުއްދުމަށް މީހުންނަށް ދިނުމަށާއި ސިއްޙީ ޙާލަތު ރަގަޅުކުރުމަށެވެ.

އިންޑިއާގެ އިތުރުން ހޮލީވުޑްގެ ބައެއް ފަންނާނުންނާއި އެހެނިހެން ހިސާބުތަކުންވެސް އާޓިސްޓުން ބައިވެރިވާ މި އިވެންޓްގައި 100 އަށްވުރެ ގިނަ ފަންނާނުން ބައިވެރިވާނެއެވެ.

ވީޑިއޯ ޓެލެތޯނެއްގެ ގޮތަށް ގެނެސްދޭ މި އިވެންޓްގައި ފިލްމު އުފައްދާ ބައެއްފަރާތްތައް ކަމަށްވާ ރާޖް ކުމާރު ހިރާނީ، ކަރަން ޖޯހަރް، އިމްތިޔާޒް ޢަލީ، ފަރަހް ޚާން، ވިކްރަމް އަދިތްޔާ މޮތްވާނޭ، ވިކްރަމް ބަޓް އަދި ރިބޫ ދަސްގުބްތާ ވެސް ބައިވެރިވާނެއެވެ.

މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ޝޯގައި ބައިވެރިވާ ތަރިންގެ ތެރޭގައި އެޑް ޝީރަން، އެނީ ލެނޮކްސް އާއި ލޯލާ ލެނޮކްސް، އެފްރިކާ އެކްޓްރެސް އިނީ ދިމާ އޮކޯޖީ، ޔުނިސެފްގެ ގުޑްވިލް އެމްސެޑަރ ނޭންސީ އަޖްރަމް އަދި ޓެލްވިޒަން ސްޓާރ ދީނާ ޝީހާބީ ހިމެނެއެވެ.

ބޮލީވުޑް ތަރިންނަށް ބަލާއިރު އަޖޭ ދޭވްގަން، ސައިފް ޢަލީޚާން، އާރް މާދަވަން، ފަރްހާން އަޚްތަރު، ޝްރެޔާޝް ތަލަޕަޅޭ، ތުޝާރު ކަޕޫރު އަދި ޕްރާތިކް ގާންދީވެސް ޝޯ ގައި ބައިވެރިވާނެއެވެ. ޝޯ ހޯސްޓް ކުރަނީ ބޮލީވުޑް ތަރި ރާޖްކުމާރު ރާއޯ އެވެ.