މުނިފޫހިފިލުވުން

ކަޕިލްގެ ފުރަތަމަ ޝޯއަށް "ބެލް ބޮޓަމް"ގެ ކާސްޓް


ސޮނީން ގެނެސްދޭ ޝޯތަކުން އެންމެ ހިޓް އެއް ޝޯއަކީ ކޮމެޑިއަން ކަޕިލް ޝަރުމާ އެނާގެ އަމިއްލަ ނަމުގައި ގެނެސްދޭ "ދަ ކަޕިލް ޝަރުމާ ޝޯ" އެވެ. ބޮޑު ތަރިހީބެއް ލިބިފައިވާ މި ޝޯ ހުއްޓުމުކަށް އައި ކޯވިޑާއި ގުޅީގެންނެވެ. ކޯވިޑްގެ ތެރޭގައިވެސް އޯޑިއަންސް ވެއްދުމުގެ ބަދަލުގައި އެމީހުންގެ ފޮޓޯ ބަހައްޓާައިގެން ބައެއް ޝޯތައް ސޮނީން ވަނީ ގެނެސްދީފައެވެ..

ގާތްގަޑަކަށް އަހަރަކަށް މެދުކެނޑުމަށްފަހު "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ޝޫޓިންތައް އަނެއްކާވެސް މިވަނީ ފަށާފައެވެ. ޝޯ ޓީވީން އަންނަން ތައްޔާރުވެ ޝޯގެ ޓީޒަރއެއްވެސް މިިދިޔަ މަހުގެ ފަހުކޮޅު ވަނީ ދައްކާލައިފައެވެ. "ދަ ކަޕިލް ޝަރުމާ ޝޯ" ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޝޯގެ ޖަޖަކަށް މިފަހަރުވެސް އިންނާނީ އަރްޗުނާ ޕޫރަން ސިންގއެވެ. އަރުޗުނާ ވަނީ މިކަމާއިގުޅޭ ވީޑިއޯއެއްވެސް އޭނާގެ އިންސްޓަގްރާމްގައި ޙިއްޞާކޮށްފައެވެ. އަދި މިފަހަރުގެ ޝޯގައިވެސް އައު ކަންތައްތަކެއް ފެންނާނެކަމަށް އަރުޗުނާ ބުނެއެވެ.

އަލުން އެނބުރި ކަޕިލް ޝޯ ފަށާއިރު ފުރަތަމަ ޝޯގެ އިން ފެނިގެންދާނީ މިހާރު އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމު "ބެލް ބޮޓަމް" ކާސްޓެވެ. ފިލްމުގެ ޓްރެއިލަރ ލޯންޗްކުރުމަށްފަހު ސޯޝަލް މީޑިއާގައި އަކްޝޭ އާއި ކަޕިލްގެ މެދުގައި ދެކެވުނު ވާހަކަތަކުން މިކަން ވަނީ ޔަޤީންވެފައެވެ. ހޮނިހިރު ދުވަހު އަކްޝޭވަނީ މި އެޕިސޯޑްގެ ޝޫޓިންތައް ވެސް ނިންމާލާފައެވެ.

"ބެލް ބޮޓަމް" ގެ ފުރަތަމަ ޓިޒަރ ދައްކާލުމުން ގިނަ ބައެއްގެ ޝަައުގުވަނީ މި ފިލްމަށް ބޮޑުވެފައެވެ. ހާއްސަކޮށް އަކްޝޭގެ ހުނަރާއި ލަރާ ދައްތާ އިންދިރާ ގަންދީގެ ގޮތުގައި ފެންނަ މަންޒަރުތައް ހިމެނެއެވެ. މި ސިނަމާތަކަށް އަންނަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.