ޚަބަރު

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފި


ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ކޯޓު އަމުރަކާއި ގުޅިގެން ޖާބިރުގެ ޕާސްޕޯޓް ޖުލައިމަހުން ފެށިގެން ހިފަހައްޓާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަމަށް ސާފެއް ނުވެއެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، އޭނާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާކައިރީގައި އަޑުގަދަކޮށްވެސް ހަދާފައެވެ.