ޚަބަރު

ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލިމަޑުކަމާ ދެކޮޅަށް ހޯދި ކުރިއެރުންތަކަށް އަސަރުކޮށްފާނެ


ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލިމަޑުކަމާ ދެކޮޅަށް ހޯދި ކުރިއެރުންތަކަށް އަސަރުކޮށްފާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނެފިއެވެ. އަދި ނުރައްކާތެރި ވޭރިއެންޓުތައް ފެތުރުން ހުއްޓުވޭނީ ބަލިމަޑުކަމާ ދެކޮޅަށް ވެކްސިން ޖަހައިގެންކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމު ގެބުރިޔޭސުސް ވިދާޅުވީ ފާއިތުވި މަސްދުވަހުގެ ތެރޭގައި ދުނިޔޭގައި ކޯވިޑް-19 ފެތުރެމުންދާ ނިޞްބަތް 80 އިންސައްތަ އިތުރުވެފައިވާކަމަށާއި އެ މުއްދަތުގެ ތެރޭގައި ބަލިމަޑުކަމުގެ ސަބަބުން އެފްރިކާއިން މަރުވި މީހުންގެ ނިޞްބަތްވެސް 80 އިންސައްތަ އިތުރުވެފައިވާކަމަށެވެ. 1.216 ބިލިޔަން މީހުން ދިރިއުޅޭ އެފްރިކާގައި ކޯވިޑް-19ގެ ވެކްސިން ޖަހާފައިވަނީ އާބާދީގެ 1.5 އިންސައްތަ މީހުންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ގެބުރިޔޭސުސް ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ހޯދާފައިވާ ކުރިއެރުންތަކަށް އަސަރުކޮށްފާނެ ގިނަ ކަންތައްތަކެއް ފާހަގަވެފައިވާކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމަކީ ހަސްފަތާލުތައް ފުރުމުން ގިނަ ޢަދަދެއްގެ ބައެއް ފަރުވާއިން މަޙްރޫމުވުންކަމަށެވެ. އޭނާ ވިދާޅުވީ ޑެލްޓާ ވޭރިއެންޓުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށާއި ދުނިޔޭގެ 132 ޤައުމަކަށް އެ ވޭރިއެންޓުގެ އަސަރުކޮށްފައިވާކަމަށެވެ.