ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ނައުފަލް ފެނިއްޖެ


ގެއްލިގެން ހޯދަމުންދިޔަ 26 އަހަރުގެ އަހުމަދު ނައުފަލް ފެނިއްޖެއެވެ.

އާއިލާއަށް ވީނުވީއެއް ނޭނގިގެން އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަޙްމަދު ނައުފަލް ހޯދުމުގެ މަަސައްކަތް ފުލުހުން ފެށި އިއްޔެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 4:45 ހާއިރު ނައުފަލް ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެއްވެއެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ނައުފަލް ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ މި ޖުލައި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގުމުންނެވެ.