ޚަބަރު

ޖިލް ބައިޑަން ފައިގެ އޮޕަރޭޝަނެއް ކުރައްވައިފި


އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަނބިކަނބަލުން ޖިލް ބައިޑަން ފައިގެ އޮޕަރޭޝަނެއް ކުރައްވައިފިއެވެ.

ޢުމުރުފުޅުން 70 އަހަރުގެ ޖިލްގެ ތަރުޖަމާނު މައިކަލް ލަރޯސާ ވިދާޅުވީ ފާއިތުވި ހަފުތާ ބަންދުގައި ހަވާއީއަށް ޖިލް ބައިޑަން ވަޑައިގެންނެވިކަމަށެވެ. އަދި ގޮނޑުދޮށުގައި ޖިލް ހިންގަވަނިކޮށް އޭނާގެ ފަޔަށް އެއްޗެއް ހެރުނުކަމަށާއި އޮޕަރޭޝަން ކުރައްވާފައިވަނީ އޭގެ ބައިތައް ނެންގެވުމަށްކަމަށް ލަރޯސާ ވިދާޅުވިއެވެ. އެ ގޮތުން ޖިލްގެ ވާތު ފަޔަށް ހެރުނު އެތީގެ ބައިތައް ކާމިޔާބުކަމާއެކު ޑަކްޓަރުން ނަގާފައިވާކަމަށްވެސް ލަރޯސާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ބައިޑަންވަނީ އޭނާގެ އަނބިކަނބަލުންނާއެކު ހަސްފަތާލަށް ވަޑައިގެންފައެވެ. ޖިލް އޮޕަރޭޝަން ކުރައްވާފައިވަނީ އެމެރިކާގެ އަސްކަރީ ހަސްފަތާލެއްކަމަށްވާ ވޮލްޓާ ރީޑު ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުންނެވެ.