މުނިފޫހިފިލުވުން

ކޮމެޑީ ފިލްމު "ފުކްރޭ 3" ގެ މަސައްކަތް އަހަރު ނިމޭއިރު


ޕުލްކިތް ސަމްރަތް، ޢަލީ ފަޒާލް އަދި މަންޖޯތް ސިންގްގެ ފްރެންޗައިސް ކޮމެޑީ ފިލްމު "ފުކުރޭ" ގެ ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމުތަކެކެވެ.

2013 އަދި 2017 ގައި ދައްކާފައިވާ "ފުކުރޭ" ދެ ފިލްމަކީވެސް ބޮކްސް އޮފީހުގައި ބޮޑު ހިޓެކެވެ. "ފުކުރޭ" އަދި "ފުކްރޭ ރިޓާރންސް" އަށްފަހު މީގެ ތިންވަނަ ބަޔަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.
ދެ ފިލްމުގެވެސް ޑައިރެކްޓަރ މިރްގްތީޕް ސިންގް ލަމްބާ ވަނީ ފިލްމުގެ ތިންވަނަ ބައެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވާކަން އިއުލާންކޮށްފައެވެ.

އޭޕްރީލް މަހު މަސައްކަތް ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތްތައް ލަސްވެފައި މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންކަމުގައި މިރްގްތީޕް ވަނީ ބުނެފައެވެ. ނަމަވެސް އަހަރު ނިމެން ވާއިރަށް މަސައްކަތްތައް ފަށާނެކަމަށް އޭނާ ބުނެއެވެ.

2013 ވަނަ އަހަރު ދެއްކި އޮރިޖިނަލް ފިލްމު "ފުކުރޭ" އަކީ ވިޕުލް ވިގްގެ ސްކްރީން ޕްލޭއަކަށް މިރްގްތީޕް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ބޮލީވުޑް ތަރި ފަރްހާން އަޚްތަރެވެ. 2017 ވަނަ އަހަރު ދެއްކި "ފުކްރޭ ރިޓާރންސް" ވެސް ޑައިރެކްޓް ކޮށްފައިވަނީ މިރްގްތީޕް އެވެ. ޕްރޮޑިއުސް ކޮށްފައިވަނީ ފަރްހާންގެ އިތުރުން ރިތޭޝް ސިދްވާނީ އެވެ.