މުނިފޫހިފިލުވުން

ރާހުލްގެ ކައިވެންޏަށް ޖާން ދައުވަތެއް ނުދިން


"ބިގް ބޮސް 14" ގެ ރަނަރަޕް އަދި "ހަތްރޯންކޭ ކިލާޅީގެ 11" ގެ ބައިވެރިޔާ، ލަވަކިޔުންތެރިޔާ ރާހުލް ވެއިދްޔާ ލޯބިވެރިޔާ ދިޝާ ޕަރްމަރު ވަނީ މި މަހުގެ 16 ވަނަ ދުވަހު ކައިވެނިކޮށްފައެވެ.

ކައިވެނީގެ އެކި އެކި ޙަފްލާތައް ބާއްވާފައިވާއިރު މި ޙަފްލާތަކަށް ދަޢުވަތު ދީފައިވަނީ "ހަތްރޯންކޭ ކިލާޅީ"ގެ ރާހުލްގެ ރައްޓެހިންނާއި ބިގްބޮސްގެ ރައްޓެހިންނަށެވެ. ނަމަވެސް ޙަފްލާތަކުން ނުފެނުނީ ބިގްބޮސް 14 ގެ ބައިވެރިންކަމުގައިވާ ރުބީނާ ދިލައިކް، އަބީނަވް ޝުކްލާ، ނަކީ ތަމްބޯލީ އަދި ޖާން ކުމާރު ޝާނޫއެވެ.

ޖާން ބުނީ އެ ކައިވެންޏަށް އޭނާއަށް ދަޢުވަތު ދިފާނުވާކަމަށެވެ. ނަމަވެސް ދެމަފިރިންނަށް އުފާވެރި ޙަޔާތަކަށް އެދޭކަމަށާއި ކައިވެނީގެ ޙަފްލާ ވަރަށް ފުރިހަމަ ކަމަށް ޖާން ބުނެއެވެ. އަދި ދަޢުވަތު ނުލިބުނީތީ ދެރަ ނުވާކަމަށާއި ރާހުލްގެ އަމިއްލަ ގެސްޓް ލިސްޓެއް އޭނާގެ ނަން އޮންނާނެކަން އެގޭކަމަށްވެސް ރާހުލްވަނީ ބުނެފައެވެ. އަދި ދަޢުވަތު ލިބުނުނަމަވެސް ޙަފްލާއަށް ނުދާން މާކުރިން ނިންމާފައިވާކަމަށް ޖާން ވަނީ ބުނެފައެވެ.

ބިގް ބޮސް 14 ގައި ޖާން އާއި ރާހުލްއާއި ދެމެދު އެތައް މައްސަލައެއް ޖެހި ދެމީހުންގެ ގުޅުން އޮތީ ވަރަށް ގޯސްވެފައެވެ.