ކުޅިވަރު

ވެލެންސިޔާ ފުރަތަމަ ޑިވިޜަންގެ ޖާގަ ޔަގީން ކޮށްފި


މަހިބަދޫގެ މައްޗަށް ފަސޭޙަކަމާއެކު ކުރި ހޯދާ
ފުރަތަމަ ޑިވިޜަންގައި ދެމިއޮތުމުގެ ފުރުޞަތު ކްލަބް ވެލެންސިޔާއިން ހޯދައިފިއެވެ.



އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު
މަހިބަދޫގެ މައްޗަށް ކްލަބް ވެލެންސިޔާ ކުރި ހޯދީ ފަސް ލަނޑު އެއް ލަނޑުންނެވެ.
މެޗްގައި ވެލެންސިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ސޮލާޙް އަދި އަނެއް
ދެ ލަނޑު ކާމިޔާބުކޮށްދިނީ މިރްޝޭވްއެވެ. ވެލެންސިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ
ވާޙިދުއެވެ. މަހިބަދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އެންޑަރސަންއެވެ.

މި މެޗުން
މޮޅުވެ ވެލެންސިޔާ ފުރަތަމަ ޑިވިޜަންގެ ޖާގަ ޔަޤީން ކުރީ 16 ޕޮއިންޓާއެކު ލީގު
ތާވަލްގެ 5 ވަނައަށް ޖެހިގެންނެވެ. ލީގުގައި މިރޭ ތާވަލްގެ 6 ވަނާގައި އޮތް ވިކްޓްރީއާ 7 ވަނާގައި އޮތް ބީޖީ ބައްދަލުކުރާ މެޗް ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވި
ނަމަވެސް ވެލެންސިޔާއަށް ފުރަތަމަ ޑިވިޜަންގެ ޖާގަ ޔަޤީންވާނެއެވެ.

މިއަދުގެ
މެޗަށްފަހު ވެލެންސިޔާގެ މެނޭޖަރ އަބުދުﷲ ޝިބާޢު ބުނީ ކުޅުންތެރިންގެ ފަރާތުން
ފެނުނު ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާ މިއަދުގެ މެޗަށް ނުކުތް ޓާގެޓް
ހާސިލްވެއްޖެކަމަށެވެ. " މިއަދުގެ މެޗަށް ޓީމު ނުކުތީ ތިން ޕޮއިންޓް ހޯދައިގެން އަންނަ އަހަރު ފުރަތަމަ ޑިވިޜަންގައި ދެމި އޮންނަން. އެކަން ހާސިލް މި ވީ ކުޅުންތެރިން މިއަދުގެ މެޗްގައި ކުރި މަސައްކަތުން. " ޝިބާޢު ބުންޏެވެ.



މަހިބަދޫގެ
އެސިސްޓެންޓް ކޯޗް ހުސެން އައްބާސް ބުނީ ޓީމުގައި ތިބި ރަނގަޅު ކުޅުންތެރިންނަށް
އެހެން ޓީމުތަކުން ފުރުޞަތު ލިބިއްޖެނަމަ އެ ފުރުޞަތުގެ ބޭނުން އެ ކުޅުންތެރިން
ހިފުމުގެ ފުރުޞަތު ދޭނެކަމަށާއި، ޓީމުގެ ކުރިމަގު ރޭވިފައިވާގޮތް އަދި ބުނަން
ނޭންގޭކަމަށެވެ. " އަންނަ އަހަރު ދެވަނަ ޑިވިޞަންގައި ވާދަކުރާނެކަން އަދި ނުކުރާނެކަން މިވަގުތު ބުނާކަށް ނޭނގޭ. އެހެންނަމަވެސް ކުޅުންތެރިންނަށް ބޮޑެތި ޓީމުގައި ކުޅުމުގެ ފުރުޞަތު ލިބިއްޖެނަމަ އެ ފުރުޞަތު އެ ކުޅުންތެރިންނަށް ދޭނަން. " އައްބާސް ބުންޏެވެ.