ޚަބަރު

މެލޭޝިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިލިޔަނަކަށް


މެލޭޝިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު މިލިޔަނަކަށްވުރެ އިތުރުވެއްޖެއެވެ.

މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17,045 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 1,013,438އަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި އެ ޤައުމުގައި 8،000އެއްހާ މީހުންވަނީ މަރުވެފައެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާއަކީ އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ އެއް ޤައުމެވެ. އެ ގޮތުން ޤައުމުގެ އާބާދީގެ 25 އިންސައްތަ މީހުންވަނީ ކޯވިޑް-19 ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައެވެ.

ދެކުނުއިރުމަތީ އޭޝިޔާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި މެލޭޝިޔާ ހިމެނެއެވެ. މެލޭޝިޔާގެ އިތުރުން އިންޑޮނޭޝިޔާއާއި ތައިލެންޑުގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.