ޚަބަރު

ޕީއެސްއެމް ނިއުސްގެ ވެބްސައިޓްއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފި


ޕީއެސްއެމް ނިއުސްގެ ވެބްސައިޓްއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.

މި މައްސަލަ ހައްލުކޮށް އަލުން ވެބްސައިޓް ބޭނުންކުރެވޭގޮތް ހަދާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ވެބްސައިޓް ޑައުންވުމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ވިދާޅުވީ ވެބްސައިޓް ޑައުންވެފައިވަނީ ކުންފުނީގެ އެތެރޭގައި މުވާސަލަތުކުރުމުގައި އެރި އޮޅުމަކުން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ވެބްސައިޓް ޑައުންވި ހިސާބުން ފެށިގެން ޕީއެސްއެމްގެ އައިޓީ ޓީމުން އެ މައްސަލަ ހައްލުކުރުމަށް ވަގުތުން މަސައްކަތް ފެށިކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ވެބްސައިޓް ޑައުންވެފައި ވަނީ އިއްޔެ ވަގުތެއްގައެވެ. މި ވެބްސައިޓަކީ ކޮންމެ ދުވަހަކުވެސް ކަރަންޓް އެފެއާޒް ޚަބަރުތަކާއި ވިޔަފާރިއާއި ކުޅިވަރުގެ ޚަބަރުތައް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ވެބްސައިޓެކެވެ.