ޚަބަރު

އޮޑިޓް އޮފީހާއި އޭސީސީގެ ދެކުނު ގޮފި އައްޑޫ ސިޓީގައި ޤާއިމްކޮށްފި


އައްޑޫ ސިޓީގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގޮތްޕެއް ޤާއިމުކޮށްފިއެވެ.އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ދެކުނު ސަރަޙައްދީ އޮފީސް ހުޅުއްވައި ދެއްވީ މިކަމަށްޓަކައި އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. އައްޑޫސިޓީގައި މިދެއޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ އެއް އިމާރާތެއްގައެވެ.މިދެއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ އައްޑޫ ސިޓީގައި މިދެއޮފީހުގެ ގޮތްޕެއް ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީއާއި ދެކުނުގެ އިތުރު އަތޮޅުތަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ލިބިގެންދާ އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ. އަދި މިއީ އެމުއައްސަސާތަކުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށް ލިބިގެންދާ އިތުރު ބާރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ."އޮޑިޓް އޮފީސް އަދި އޭސީސީން މުއައްސަސާތަކާ ގާތުން ޚިދުމަތްދޭން ފެށުމުން މުއައްސަސާތަކުން މާލީ ކުއްތައް ކުރަން ޖެހިލުންވާނެ." – މިނިސްޓަރ ޖިހާދުމިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ ރާއްޖޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް ޤާއިމުކުރެވުނުތާ 67 އަހަރުފުރުން ފާހަގަކުރަމުންދާއިރު މިދާއިރާގައި ދުނިޔޭގެ އެހެން ޤައުމުތަކާ އެއްހަމައެއްގައި ރާއްޖެއިން ފައިތިލަ ސާބިތު ކޮށްފައިވާކަމަށެވެ. އޮޑިޓް އޮފީހުގެ ގޮތްޕެއް އައްޑޫގައި ޤާއިމު ކުރެވުމާއެކު ގއ. ގދ. ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހިމެނޭ ދައުލަތުގެ އޮފީސްތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެއޮފީހުންނެވެ.އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ދައުލަތުގެ ގިނަ އޮފީސްތައް ޤާއިމުކޮށް ދައުލަތުން މާލީ ގިނަ މުޢާމަލާތްތައް މިދާއިރާގައި ހިންގަމުންދާއިރު، މިސަރަޙައްދުގައި އޮޑިޓް އޮފީހުގެ ގޮތްޕެއް ޤާއިމުކުރެވިގެން ދިއުމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އަވަސްވެގެންދާނެކަމަށް ޒިޔަތު ވިދާޅުވިއެވެ."ރައްޔިތުންނާ ގާތުން އޮޑިޓް އޮފީހުގެ ޚިދުމަތް ދިނުމަށްޓަކައި ހދ. ކުޅުދުއްފުށީގައިވެސް އޮޑިޓް އޮފީހުގެ ގޮތްޕެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން" – އޮޑިޓަރ ޖެނެރަލް ޒިޔަތުމިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭ.ސީ.ސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ އޭސީސީއަށް ހުށައެޅޭ މައްސަލަތަކުގެ ބޮޑުބައެއް ޙިއްޞާ ކުރަނީ އަތޮޅުތެރެއިންކަމަށެވެ. އެހެންކަމުން އަލަށް ހުޅުވުނު އެއޮފީހުގެ ގޮފީގެ ސަބަބުން ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެކޮމިޝަނުން ގެންގުޅުއްވާ ސިޔާސަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. ލުތުފީ ވިދާޅުވީ މިދާއިރާއިން މީހުން ތަމްރީނު ކުރުމަށްވެސް އެކޮމިޝަނުން މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ."މާލީ ހިސާބުތައް ބަލަހައްޓާނެގޮތް ކިޔައިދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ގުޅިގެން 2016 ވަނައަހަރު ޚާއްޞަ ކޯސްތަކެއް ފަރުމާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ލުތުފީ ވިދާޅުވިއެވެ.ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދެ މުއައްސަސާއެއްގެ ގޮތްޕެއް އައްޑޫ ސިޓީގައި ޤާއިމުކުރެވުމަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ލިބިގެންދާ މުހިންމު ކުރިއެރުމެއްކަމަށް ޕީ.އެސް.އެމްއާ ވާހަކަދެއްކި، އައްޑޫގައި ޤާއިމުވެފައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި އާންމު ރައްޔިތުން ދެކެއެވެ.އައްޑޫ ސިޓީގައި ހުޅުވި އޮޑިޓް އޮފީހާއި އޭސީސީގެ ގޮތްޕަކީ އެދެއޮފީހުން އަތޮޅުތެރޭގައި ހިންގާ ހަމައެކަނި ގޮތްޕެވެ.