އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަންގެ ތަމްރީން މެޗުތަކުގެ ތެރެއިން ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުން އެޓީމު އެއްވަރުވެއްޖެ.
ރަޔޯ ވަޔެކޯނާއާ ދެކޮޅަށް ކުޅުނު މެޗުން މެޑްރިޑު އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގައި މެޑުރިޑުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިސްކޯއެވެ. ވަޔެކޯނާގެ ލަނޑަކީ މެޑްރިޑުގެ ވިކްޓޯ ޗަސްޓް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތާއި ކޮޕާ އެމެރިކީ ފުޓުބޯޅަ މުބާރާތް ނިންމާލާ، ކުޅުންތެރިން ޗުއްޓީގައި ތިބުމުގެ ސަބަބުން މެޑުރިޑުގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ މިމެޗުގައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދީފައެވެ.
އަންނަ އާދީއްތަ ދުވަހު އެކުވެރިކަމުގެ ތިންވަނަ މެޗުގައި މެޑްރިޑުން ނުކުންނާނީ ސްޓީވަން ޖެރާޑްގެ ކޯޗުކަމުގައި ކުޅެމުންދާ ރޭންޖާސްއާ ދެކޮޅަށެވެ. އެއައްފަހު މެޑުރިޑުން އޯގަސްޓް މަހުގެ 8ގައި އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.