ޚަބަރު

ޕްރީ ސީޒަންގައި ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި


އިނގިރޭސި ލީގުގެ އައު ސީޒަން ފެށުމުގެ ކުރިން ކުރިޔަށްދާ ޕްރީ ސީޒަން ތަމްރީންތަކުގެ ތެރެއިން މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ. ޕްރައިޑް ޕާކްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ އެ ޓީމުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ކޯޗެއްގެ ގޮތުގައި ހުރި ޑަރބީ ކައުންޓީއާ ދެކޮޅަށް ކުޅެއެވެ.

ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. މިމެޗުގައި ޔުނައިޓެޑުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ތަހިޓް ޗޮންގްއާއި ފަސުންޑޯ ޕެލިސްޓްރީއެވެ. ޑަރބީއަށް ސުން ކަނޑުވާލަދިނީ ކޮލިން ކަޒިމް ރިޗާޑްސް ކާމިޔާބުކުރި ލަނޑުންނެވެ. ޔުނައިޓެޑުގެ ފުރަތަމަ ޓީމަށް ކުޅެމުން އަންނަ ފަސް ކުޅުންތެރިންނަށް ކޯޗު އޮލެ ގަނަ ސޯލްޝެއަރ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އެގޮތުން ހުއާން މަޓާ، މޭސަން ގުރީންވުޑް އަދި އާރޮން ވެން ބިސާކާ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުމެފައެވެ. ޔުނައިޑެޓުން އަންނަ ހޮނިހިރު ދުވަހު ޕްރީ ސީޒަންގެ ދެވަނަ މެޗުގައި ނުކުންނާނީ ކިއު ޕީއާރްއާ ދެކޮޅަށެވެ.

އިއްޔެ ޕްރިމިއަރ ލީގުގައި ވާދަކުރާ ނިއުކާސަލް ޔުނައިޓެޑުން ކުޅުނު ޕްރީ ސީޒަން ފުރަތަމަ މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ފޯމު ދަށްކޮށް ފެނުނު ނިއުކާސަލް ޔުނައިޓެޑު ބަލިވީ ނޭޝަނަލް ލީގުގައި ވާދަކުރަމުންދާ ޔޯކް ސިޓީއާ ވާދަކޮށް 1-0 ލަނޑުންނެވެ.

އައު ސީޒަނުގައި ލީގުގެ ފުރަތަމަ މެޗުގައި ނިއުކާސަލް ނުކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.