ޚަބަރު

މެލޭޝިޔާގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެ، އިންޑޮނޭޝިޔާގައި ފިޔަވަޅުތައް ވަރުގަދަކުރަނީ


ކޯވިޑް-19 ޖެހިގެން މެލޭޝިޔާގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވެއްޖެއެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 12،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 138 މީހުން މަރުވެފައިވާކަމަށެވެ. އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ ބަޔަކަށް ބަލިޖެހިފައިވަނީ ޖުލައި މަހުގެ 15 ދުވަހުއެވެ. އެ ގޮތުން އެ ދުވަހު 13،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ.

މެލޭޝިޔާގެ އިތުރުން އެ ސަރަޙައްދުގައި އޮންނަ އިންޑޮނޭޝިޔާގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ގޮތުން 276 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އެ ޤައުމަށްވަނީ މަޖުބޫރުވެފައެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރިފައިވަނީ އިންޑޮނޭޝިޔާގައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑޮނޭޝިޔާގައި 51،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 1،000އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިން ދީފައިވަނީ އެންމެ 6 އިންސައްތަ މީހުންނަށެވެ.

މެލޭޝިޔާއާއި އިންޑޮނޭޝިޔާގެ އިތުރުން ތައިލެންޑުގެ ޙާލަތުވެސްވަނީ ވަރަށް ބޮޑަށް ގޯސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.