ދުނިޔެ

ވިލާތުގެ އިއްތިޙާދާއި ދެކޮޅަށް އިސްރާޢީލުން ފިޔަވަޅުއެޅުން


އިސްރާޢީލާއި ފަލަސްޠީނުގެ މެދުގައި ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދިއުމުގައި ހަރަކާތްތެރިވާ ވިލާތުގެ އިއްތިޙާދުގެ ޖަމާޢަތްތަކާ ދެމެދު އޮތް ގުޅުން މެދުކަނޑާލަން އިސްރާޢީލުން ނިންމައިފިއެވެ.މި ނިންމުން ނިންމާފައިމިވަނީ ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުގައިވާ އިސްރާޢީލްގެ އާބާދުތަކުން އުފައްދާ އުފެއްދުންތައް ލޭބަލް ކުރުމަށް ވިލާތުގެ އިއްތިޙާދުން އިސްރާޢީލަށް މަޖުބޫރުކުރުމުންކަމަށް ޚަބަރުތައް ބުނެއެވެ.މިކަމާއި ގުޅިގެން އިސްރާޢީލުގެ ޚާރިޖީ ވަޒީރުކަންވެސް ކުރައްވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާޢީލާއި ފަލަސްޠީނުގެ ސުލްޙައިގެ ވާހަކަތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ބަލައި، އެފަރާތްތައް މުރާޖަޢާކުރެވެންދެން، އިސްރާޢީލާއި ފަލަސްޠީނުގެ ސުލްޙައިގެ މަސައްކަތުގައި ހަރަކާތްތެރިވާ ވިލާތުގެ އިއްތިޙާދާއި، އެއިއްތިޙާދަށް ނިސްބަތްވާ ޖަމާޢަތްތައް މިމަސައްކަތުން އެކަހެރިކުރުމަށް އިސްރާޢީލްގެ ޚާރިޖިއްޔާއަށް އަމުރުކޮށްފައެވެ.