މުނިފޫހިފިލުވުން

ސަޕޯރޓިން ކާސްޓުންނަށް ކިހާވަރެއް ލިބޭ؟


ސަޕޯރޓިން ކާސްޓުންނަކީ ފިލްމުތަކުގައި އަބަދުވެސް މުހިންމު ރޯލެއް އަދާ ކުރާބައެކެވެ. މަޝްހޫރު ތަރިއަކާއި އެކު ހަމަ އެހާ މަޝްހޫރު ތަރިން ސަޕޯރޓިން އެކްޓަރުންގެ ގޮތުގައި ބޭނުންކޮށް ސިނަމާ ތަކަށް ނުކުންނަށް ފިލްމުތައް މަދެއް ނޫނެވެ. މި ފަދަ ފިލްމުތަކުން އާއްމުކޮށް މަޝްހޫރުކަން ލިބެނޭ ލީޑް ރޯލްކުޅޭ ތަރިންނަށެވެ. އެހެންނަމަވެސް ސަޕޯޓިން ރޯލް ކުޅޭ ތަރިންވެސް އެ ރޯލްތައް ކުޅޭދޭ އަގު ކުޑައެއް ނޫނެވެ. ލީބޭ އާމްދަނީއަށް ބަލާއިރު އެރޯލުވެސް ހަމަ ކަމުދާ ތަރިން އެބަ ތިއްބެވެ.

މުކޭޝް ތިވާރީ

ފަހުގެ ފިލްމުތަކުން ފެންނަ އެންމެ އާއްމު އެއް މޫނަކީ މުކޭޝް ތިވާރީއެވެ. ފުރަތަމ ކޮޅު މުޅިން ނުބައިބައި ރޯލުން ފެނުނު ނަމަވެސް މިހާރު ކޮމެޑީ ރޯލްތަކުން ފެންނަ މުކޭސް އަކީ މަޝްހޫރު އެތައް ފިލްމެއްގައި ސައިޑް ރޯލްތައް ކުޅެފައިވާ ތަރިއެކެވެ. ހާއްސަކޮށް ގިނަ ބަޔަކަށް އޭނާ ފާހަގަވާނީ ރޯހިތްގެ "ގޯލްމާލް" ސީރީޒުންނެވެ. ނުބައިބައި ކުޅުނަސް ކޮމެޑީ ބައި ކުޅުނަސް މީނާ ކުޅޭ ކޮންމެ ރޯލަކަށްވެސް 50 ލައްކަ އިންޑިއާ ރުޕީސް އުޖޫރައެއްގެ ގޮތުގައި ނަގައެވެ.

އަރުޝަދު ވާސީ

މީ އޭނާގެ ހުނަރާއި މެދު ބޮލީވުޑް ފިލްމަތައް ބަލާ މީހުން ދެ ބަސްނުވާނެހާ މޮޅު ކޮމޭޑިއަން އެކެވެ. ސޯލޯ މަދު ފިލްމއް ކުޅުނު ނަމަވެސް އޭގެއިން އެއްވެސް ފިލްމެއް ކާމިޔާބެއް ނުވެއެވެ. އެހެންނަމަވެސް ކޮމޭޑިއަންގެ ގޮތުގައި ސައިޑްރޯލުން އަރްޝަދު ފެނުނު ހުރިހާ ފިލްމަކީވެސް ބޮލީވުޑްގައި ސުޕަރ ހިޓް ފިލްމުތަކެވެ. "މުންނާއި ބައީ" ގެ ބައިތަކާއި "ގޯލް މާލް" ގެ ބައިތަކާއި "ދަމާލް" ގެ ބައިތަކަކީ އަރަޝަދުގެ މުހިއްމު ހިއްސާއެއް ފެނުނު މަޝްހޫރު މަޖާ ފިލްމަތަކެވެ. މީނާވެސް އެންމެ ފަހުން ކުޅުނު ފިލްމުގައިވެސް ސައިޑް ރޯލް އަދާކުރުމަށް 3.5 ކްރޯޑް ރުޕީސް ނަގާފައިވެއެވެ.

ރިތޭޝް ދޭޝްމުކް

ފިލްމުތަކުގައި ގިނަ ކެރެކްޓަރތަކެއް ކުޅޭ ތަރިއެއްގެ ގޮތުގައި ފާހަގަވާ ރިތޭޝްވެސް އެނާގެ ސޯލޯ ފިލްމަތަކަށް މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ. އެނެމްފަހުން ސޯލޯ ފިލްމުތައް ނުލިބޭތީ މިހާރު އޭނާ ލީޑް ރޯލުން ފެންނަނީ އޭނާގެ އަންހެނުން ފްރޮޑިއުސްކުރާ ފިލްމަތަކުންނެވެ. އެހެންނަމަވެސް ސައިޑް ރޯލްތަކުގައި ރިތޭޝް އަކީވެސް ވަރަށް ކާމިޔާބި ތަރިއެކެވެ. ނުބައިބައިގެ އިތުރުން ހެއްވާ މަޖާ ރޯލްތަކަށްވެސް ފިޓް ރިތޭޝް ސައިޑް ރޯލްތައް ކުޅެ ކޮންމެ ރޯލަކަށް 3 ނުވަތަ 4 ކްރޯޑް އިންޑިއަން ރުޕީސް އަންނަނީ ނަގަމުންނެވެ.

ބޮބީ ޑިއޯލް

ލެޖެންޑަރީ ތަރި ދަރްމެންދުރާގެ ދަރިންގެ ތެރެއިން ސަނީއަށް ލިބުނު ކާމިޔާވާއި ގާތްކުރާ ވަރުވެސް ބޮބީއަކަށް ނުކުރެވުނެވެ. ކެރިޔަރގެ ކުރީކޮޅު ލީޑް ރޯލްތައް ލިބުނު ނަމަވެސް ފިލްމްތައް ފްލޮޕްވާން ފެށުމުން އެ ފުރުސަތު ބޮބީއަށް ގެއްލުނެވެ. އެހެންނަމަވެސް ބޮބީވެސް އަންނަނީ ސައިޑްރޯލްތައް ކުޅެ ކާމިޔާބީތައް ހޯދަމުންނެވެ. މިގޮތުން "ރޭސް 3" ހައުސް ފުލް 4" މީ ބޮބީގެ މި ލިސްޓުގައި ގުނާލެވޭ ފިލްމުތަކެވެ. "ރޭސް 3 " ގައި ބޮބީ އަދާކުރި ސައިޑްރޯލަށްވެސް އޭނާއަށް ވަނީ 7 ކްރޯޑް ރުޕީސް ލިބިފައެވެ.

ޝްރެޔާސް ތަލްޕަޑޭ

"އޯމް ޝާންތީ އޯމް" ފަދަ ފިލްމުތަކުގައި މަޖާ ރޯލުތަކުން ފެނުނު ޝްރެޔާޝްއަށް ކޮންމެ ރޯލަކަށް 2 ކްރޯޑް ރުޕީސް ލިބެއެވެ.

ސަންޖޭ މިޝްރާ

މީ މިހާރު ކޮމެޑީ ރޯލްތަކަށް އެންމެ ފައްކާ އެއް ތަރިއެވެ. ތަންކޮޅެއް އުމުރުން ދުވަސްވެފައި ހުރި ނަމަވެސް މީނާގެ މޮޅު އެކްޓިނަނަށް އެތައް ބައެއްގެ ތައުރީފު ލިބޭ އެވެ. ކުޅޭ ކޮންމެ ރޯލަކަށް މަދުވެގެން 50 ކްރޯޑް ރުޕީސް ނަގާ މި ތަރީގެ ބޮޑު ފޭން ފްލޮވަރސްއެއް ވެސް އޮވެއެވެ.

ކުނާލް ކޭމޫ

ކުނާލް އަކީވެސް ބޮލީވުޑްގައި ހުނަރުގެ ގޮތުން ހުނި ޖަހާލެވޭނެ ތަރިއެކެވެ. ކުނާލު ކުޅޭ ކޮންމެ ރޯލަކަށް ގާތްގަޑަކަށް 2 ކްރޯޑް ރުޕީސް ލިބެއެވެ.

ޖާވިދް ޖެފަރީ

90ގެ ތެެރޭގައި ކާމިޔާބު އެތައް ފިލްމަކުން ފެނިގެންދިޔަ މި ތަރިއަކީ މިއަދުވެސް ގިނަ ބައެއްގެ ފޭން ތަރިއެކެވެ. މަޝްހޫރު އެތައް ތަރިންނާއިއެކު 90ގެ ތެރޭގައިވެސް ޖާވިދު ފެނިގެންދިޔައީ ސަޕޯޓިން ރޯލްތަކުންނެވެ. ފިލްމުތަކުގެ އިތުރުން ޓީވީ ޝޯތަކުންވެސް ފެންނަ ޖާވީދުގެ ކޮންމެ ރޯލަކަށް 50 ކްރޯޑް ރުޕީސް ލިބެއެވެ.