ޚަބަރު

ކޯވިޑް ފިޔަވަޅުތަކެއް މިއަދު އިތުރު ލުއިތަކެއް ދެނީ


ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއް އިތުރު ލުއިތަކެއް މިއަދު އިއުލާންކުރަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއަދު 14:30 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ދޭން ނިންމާފައިވާ ލުއިތައް އިއުލާންކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްގެ އިތުރުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ބައިވެރިވެވަޑައިގެންނަވާނެކަމަށެވެ.