ވިޔަފާރި

އެގްރޯ ނެޓުން ދަނޑުވެރިންނަށް ހާއްސަ ފޯރަމެއް


އެގްރޯ ނެޝަނަލް ކޯޕަރޭޝަނުން ދަނޑުވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ، މައުލޫމާތު ދިނުމުގެ ފޯރަމް އިފްތިތާހުކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށްގެންދާ މި ފޯރަމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ހއ. އަތޮޅަށް ހާއްސަ ކޮށްގެންނެވެ. ހއ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.

އެގްރޯ ނެޓުން ހިންގާ ކޮންޓްރެކްޓް ފާމިންގެ ޕްރޮގުރާމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ކައުންސިލްތަކާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާ އިން ކުރެވިދާނެ ކަންކަމާއި، ހުރި ފަހި ފުރުޞަތަކާއި ގުޅޭ މަޢުލޫމާތު ވަނީ މި ބައްދަލުވުމުގައި ޙިއްސާކޮށްފައެވެ.

މިބައްދަލުވުމުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހާރޫން ރަޝީދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުޙައްމަދުފުޅުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެ ވަނީ މަޢުލޫމާތު ޙިއްސާކޮށްފައެވެ. އެގްރޯ ނެޓްގެ ކޮންޓްރެކްޓް ފާރމިން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 45 ރަށެއްގައި ކޮންޓްރެކްޓް ފާމިން ތަޢާރުފުކޮށް، ދަނޑުވެރިކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

މިހާތަނަށް 1500 އަށް ވުރެ ގިނަ ދަނޑުވެރިން ވަނީ މިމަޝްރޫޢު ގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާފައެވެ. އަދި 400 ފަރާތަކާއި އެކު އެއްބަސްވުންތަކުގައި ސޮއިކޮށް، އިތުރު 684 ފަރާތަކާއި އެކު އެގުރިމެންޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގްރޯނެޓުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އިންތިޒާމް ކުރެވިގެން ކުރާ ދަނޑުވެރިކަމެއް ތަރައްޤީކޮށް، ބަރޯސާ ވެވޭ އިޤުތިޞާދީ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ.

ޝަރީފު

ރަގަޅުކަމެ