ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް ކެނޑޭނެ


މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ހާމަކޮށްފިއެވެ. އެމްޑަބްލިޔުއެސްސީން ކޮށްފައިވާ ޓުވިޓެއްގައިވާ ގޮތުން ފެނުގެ ޚިދުމަތް ކެނޑޭނީ މިރޭ 23:00 އިން ފަތިހު 04:00 އަށެވެ.

މިދެންނެވި ގަޑިތަކުގައި ފެނުގެ ޚިދުމަތް ކެނޑޭނީ އިއްޒުއްދީން މަގާއި ހަނދުވަރީ ހިނގުމާ ދެމެދުން ފުލޫނިޔާ މަގުގައި ހިމެނޭ ހުރިހާ ގޭބިސީތަކުންނެވެ. މިސަރައްދުން ފެނުގެ ޚިދުމަތް ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ފުލޫނިޔާ މަގުގައި ކުރިން އަޅާފައިވާ ފެންހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކާ ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކޮށްފައިވެއެވެ.

ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށް އެދިފައެވެ.