ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަޤާމުތަކަށް ބަދަލު ގެނެސްފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި ބަދަލު ގެނެސްފައިވަނީ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ އިސް މަގާމުތަކަށެވެ.
އެގޮތުން ކުރިން ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހާރުވަނީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމަށް އައްޔަންކޮށްފައެވެ. ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަގާމުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުވަނީ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްގެ މަގާމަށް އައްޔަންކޮށްފައެވެ. އަދި ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑަކަށް އަންޔަން ކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝިނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާންއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގ އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައެވެ.