ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބުރާސްފަތިދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ، ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށެވެ. އެހެންކަމުން ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް އަންނަ ބުރާސްފަތިދުވަހުން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު ވިދާޅުވީ ބުރާސްފަތިދުވަހުން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފައިވާކަމަށެވެ. އަދި ކާފިއު ގަޑި ނޫން ގަޑިތަކުގައި ހުއްދައަކާއި ނުލައި އާއްމުންނަށް ބޭރުގައި އުޅެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކާފިއު ގަޑިތައް ނޫން ވަގުތުތަކުގައި، އާއްމުކޮށް ހުރިހާ ވިޔަފާރިތަކެއް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރެސްޓޯރަންޓް، ކެފޭތަކުން ޑައިނިންގ ޚިދުމަތް ދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ...