ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިއަދު ހަވީރު 4:00 ޖަހާއިރު، ރައީސް އޮފީހުގައިކަމަށެވެ.
President @ibusolih will meet the press this afternoon at 4 p.m.
— Mabrook Azeez (@MvSpokesperson) June 29, 2021
He will be joined by Minister of Economic Development @faya_i and Minister of Health Ahmed Naseem. pic.twitter.com/wY7VeXGbnL
މަބްރޫކް ވިދާޅުވީ، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއާއި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ކޯވިޑް19ގެ މިހާރުގެ ހާލަތާއި އަދި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތުތައް ދެއްވާނެކަމަށް ބެލެވެއެވެ.