ޚަބަރު

"ހައިކޯޓް ރިޕޯޓަރ"ގެ ދެވަނަ އަދަދު ނެރެފި


ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތްތައް ނިމުނު ގޮތުގެ ރިޕޯޓްތަކުގެ މައްޗަށް އެކުލަވާލާ ނެރޭ ފޮތް "ހައިކޯޓު ރިޕޯޓަރ" ގެ 2ވަނަ ޢަދަދު ނެރެފިއެވެ.ކުޑަކުދިންނާއި މެދު ބަދު އަޙްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކުގެ މައްޗަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ހައިކޯޓް ރިޕޯޓަރގެ ދެވަނަ އަދަދު ނެރެދެއްވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ރިޓަޔަޑް އަލްއުސްތާޛު ޢައްބާސް ޝަރީފެވެ.މިފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޛް އައްބާސް ޝަރީފް ވިދާޅުވީ މިފޮތަކީ ދިރާސާ ކުރާ ފަރާތްތަކަށް މުހިންމު ފޮތަކަށް ވެގެންދާނެކަމަށެވެ. އަދި މިފަތުގައި ހިމަނާފައިވާ ޤާޟިއްޔާތަކަކީ އެހެންތަނަކުން ލިބެންހުންނާނެ ޤަޟިއްޔާތަކެއް ނޫންކަން ރިޓަޔާރޑް ޖަސްޓިސް އައްބާސް ފާހަގަކުރެއްވިއެވެ.ހައިކޯޓުން ނެރުރު "ހައިކޯޓް ރިޕޯޓަރ" ދެވަނަ ނަންބަރުގައި އެކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުގެ ތެރެއިން ކުޑަކުދިންނާމެދު ބަދުއަޙްލާޤީ ޢަމަލު ހިންގުމާ ގުޅޭ 46 ޤަޟިއްޔާއެއް ވަނީ ހިމަނުއްވާފައެވެ. މިފޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.