ޚަބަރު

ތާރީޚު ލިޔުންތެރިޔާ، މާޅޮހު ނަޞީރު އަވަހާރަވެއްޖެ


ދިވެހި ޢަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ލިޔުންތެރިޔާ މާޅޮހު ނަޞީރު އަވަހާރަވެއްޖެއެވެ.

ތާރީޚު ލިޔުންތެރިޔާ މުޙައްމަދު ނަޞީރު، އުމުރުފުޅުން 68 އަހަރުގައި ނިޔާވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މަރުހޫމް މުޙައްމަދު ނަޞީރަކީ ޢަދަބީ ލިޔުންތަކާއި އެތައް ޅެންތަކެއް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ބަހުން ފެންވަރު ރަނގަޅު މޮޅު ލިޔުންތަކެއް ލިޔުއްވާފައިވާ މާޅޮހު ނަސީރުގެ އެތައް ލިޔުންތަކެއް ފަތްތޫރަ ފަދަ މަޖައްލާތަކުގައިވަނީ ޝާޢިއުކޮށްފައެވެ. އެގޭ ތެރޭގައި ޤައުމީ، ދީނީ، އިޖްތިމާޢީ އެތައް އިލްމީ ލިޔުންތަކެއް ހިމެނެއެވެ.

މުޙައްމަދު ނަޞީރު ވަނީ އއ. މާޅޮހުގެ ކަތީބެއްގެ ހައިސިއްޔަތުންނާއި ތަފާތު އެކި ރޮނގުތަކުން އެރަށަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.