މުނިފޫހިފިލުވުން

ކެޓްރީނާ އަންނަން އޮތް ފިލްމަށް ތައްޔާރުވަނީ


"ޓައިގަރ 3" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާ ސްރީރާމް ރާގަވަންގެ ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް އޭނާ ފަށައިފިއެވެ.

އެއްމަސް ދުވަހުގެ ޝޫޓިން ޝެޑިއުލެއް ހިމެނޭ މި ފިލްމަކީ 90 މިނިޓްގެ ކުރު ފިލްމެކެވެ. ފިލްމުގެ ކާސްޓިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި "ޓައިގަރ 3" ގެ ޝޫޓިންތައް ނިމުނުހާ އަވަހަކަށް މި ފިލްމުގެ މަސައްކަތް ކެޓްރީނާ ފަށާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ކެޓްރީނާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ގުރުމީތު ސިންގްގެ "ފޯނު ބޫތު" ، އަންނަ މަހު 30 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ރޯހިތު ޝެޓީގެ "ސޫރްޔަވަންޝީ" އޯގަސްޓް 10 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ރޮބް ޗޯހާންގެ "ޖުވެލް އޮފް އިންޑިއާ" ޢަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ "ޓައިގަރ 3" އަދި ވަރުންދަވަންއާއި ކެޓްރީނާ ލީޑް ރޯލުން ފެނިގެންދާ ރެމޯ ޑިޝޫޒާ ޑައިރެކްޓްކުރާ ފިލްމު ހިމެނެއެވެ.