މުނިފޫހިފިލުވުން

ޖެކީ ބައްގާނީގެ ޕްރޮޑަކްޝަނުން ޝްރަދާ ކަޕޫރު


ޝަރުދާ ކަޕޫރް މިހާރު ކުޅެމުން އަންނަ "ޗާލްބާޒް އިން ލަންޑަން" އަސް ފަހު އަނެއްކާވެސް ރޮމޭންޓީކް ކޮމެޑީއަކަށް ތައްޔާރުވާން ފަށައިފިއެވެ. ދެން ޝަރުދާ ފެނިގެންދާނީ ޖެކީ ބައްގާނީގެ ޕޫޖާ އެންޓަރޓެއިންމަންޓުންގެ ފިލްމަކުންނެވެ.

"ފާލްތޫ" ގެ ތަރި ޖެކީގެ އުފެއްދުމެއްގައި ޝްރަދާ ބައިވެރިކުރުވުމަށް މީގެކުރިންވެސް ވަނީ ވާހަކަ ދައްކާފައެވެ. ހިތްހަމަޖެހޭ ސްކްރިޕްޓެއް ނުފެނިގެން މިކަން ވަނީ ވާގޮތް ނުވެފައެވެ. އެހެންނަމަވެސް މިހާރު މިވަނީ ދެ މީހުންނަށްވެސް ކަމުދާ ސްކްރިޕްޓެއް ފެނި އެކުގައި މަސައްކަތް ކުރަން ތައްޔާރުވެފައެވެ. އަދި ރޭވިފައިވާ ގޮތަށް ކަންކަން ދާނަމަ މި ފިލްމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށް މިވަނީ ބެލެވިފައެވެ.

"ދުލްހާ މިލްގަޔާ" ، "ހެޕީ ބާގް ޖާއެގީ" ، "ހެޕީ ޕިރް ބާގް ޖާއެގީ" ފަދަ ކޮމެޑީ ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ މުދައްސިރު އަޒީޒު ޑައިރެކްޓް ކުރާނެކަމަށް ބެލެވޭ މި ފިލްމުގައި ޝްރައްދާއާއިއެކު ދެން ފެނިގެންދާނީ ރާޖް ކުމާރުކަމަށް ޚަބަރުތައް ބުނެއެވެ. މުދައްސިރުގެ ގިނަ ފިލްމުތައް ފަދައިން މި ފިލްމުވެސް ވެގެންދާނީ ކޮމެޑީ ފިލްމަކަށް ކަމަށްބެލެވޭކަމަށްވެސް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރޮމޭންޓިކް ފިލްމު "އާޝިޤީ 2" ން މަޝްހޫރުވި ޝްރައްދާ ވަނީ "އެކް ވިލަން" ، "ބާޤީ" ، "ސާހޯ" ، "އޭބީސީޑީ 2" އަދި "ޗިޗޯރޭ" ފަދަ ރީތި ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ. "ބާޤީ 2'" ، "ޗަލްބާޒް އިން ލަންޑަން" ، "ސްޓްރީޓް ޑާންސަރ" އަދި ރަންބީރު ކަޕޫރާއެކު ފެނިގެންދާ ލަވް ރަންޖަންގެ ފިލްމަކީ ޝްރަދާގެ ކުރިއަށް ހުރި ފިލްމުތަކެވެ.