ސިއްހަތު

ޤައުމުތަކުގައި ފެތުރޭ ބަލިމަޑުކަމާ ގުޅޭ ވޯކްޝޮޕެެއް ފަށައިފި


ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މުޢާހަދާއެއް ކަމަށްވާ އިންޓަނޭޝެނަލް ހެލްތު ރެގިއުލޭޝަން މުއާޙަދާއަށް ހޭލުންތެރިވުމުގެ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި މި މަސައްކަތު ބައްދަލުވުމަކީ، ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެޤައުމުތަކުން އެއްބަސްވެފައިވާ މުއާހަދާގައި ޤައުމުތަކުން ކުރަން ލާޒިމް ކުރާ ކަންތައްތައް ކުރުމާއިގުޅޭގޮތުން، ކަމާ ގުޅުންހުރި ހުރިހާ މުވައްސަސާތަކާއި ހިއްސާކޮށް މިކަމަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ އެއްދުވަހުގެ މަސައްކަތު ބައްދަލުވެއްކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިބައްދަލުވުމާބެހޭގޮތުން މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅުންހުރި މުވައްސަސާތަކުގެ މަސްޢޫލިއްޔަތުކާއި ޒިންމާތައް އަންގައިދެވޭނެކަމަށެވެ. މީގެއިތުރުން ޤައުމުތަކުގައި ފެތުރޭ ބަލިމަޑުކަމާއި ކެމިކަލްފަދަ ތެކެތިން ދިމާވެދާނެ ނުރައްކަލާބެހޭ މައުލޫމާތުވެސް ހިއްސާކުރެވޭނެކަމަށް ޑރ. ޝީޒާ ވިދާޅުވިއެވެ