ޚަބަރު

ޙާލުގައި ޖެހިފައިވާ ބޭރުގެޔޮޓެއް މާލޭ ފަޅަށް


ރާއްޖޭން ބޭރުގެ ޔޮޓެއް ހާލުގައި ޖެހިގެން އައިސް މާލޭގެ ނަސަންދުރާއާ ދިމާ ފަޅުތެރެއަށް ވަދެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މާލޭގެ ނަސަންދުރާއާ ދިމާ ފަޅުތެރެއަށް ރާއްޖޭން ބޭރުގެ ޔޮޓެއް ވަދެފައިވާ ކަމުގެ މަޢުލޫމާތު މިައަދު 5:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ހާލުގައި ޖެހުނު ޔޮޓާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު އެރަށުގެ ރާއްޖޭގެ ލޯކަލް އޭޖެންޓް މެދުވެރިވެގެން ކުރިއަށް އެބަދެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ކޯސްޓު ގާޑުގެ ބެލުމުގެ ދަށުން އެ ޔޮޓު ހުޅުމާލެއަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.