ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ


ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

26 އޭޕްރިލް 2021 ވަނަ ދުވަހުގެ ވަގުތެއްގައި ބީދޭސީއަކަށް ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހާގެ ވީޑިއޯވެސް ފުލުހުންވަނީ އާއްމުކޮށްފައެވެ.

މި މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުމަށްފަހު މައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު މައުލޫމާތު ދެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ. އަދި މި މައްސަލައިގެ އިންސިޑެންޓް ނަމްބަރު ކަމުގައިވާ 485538 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރުމަށް ވެސް ފުލުހުން އެދިލައްވައެވެ.