އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލާއި އެއްލާލާފައި އޮއްވާ ހުޅުމާލެއިން ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓެއް އިއްޔެ ހުށެއެޅުނުކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 އެހާކަންހާއިރު ކަމަށެވެ. އަދި ކުއްޖާ ފެނުނީ މަރާލާފައި އެއްލާލާފައި އޮއްވާ ހުޅުމާލޭ ފޭސް2 ގެ ތެރެއިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި ކުއްޖާ ފެނުނީ މަރާލުމަށްފަހު ފޮއްޓަކަށް ލާ މޫދަށް އެއްލާލާފައި އޮއްވާއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ދެމީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.
We have arrested 2 suspects aged 17 and 23 from Male' city last night in connection to the abduction and murder of a local 13yo boy.
— Maldives Police (@PoliceMv) June 22, 2021
The heinous crime is being investigated with utmost diligence.
މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި މި ކުއްޖާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އެކުއްޖާގެ ހަށިގަނޑު ފެންނަން އެބަހުރިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށެވެ.
ފާތިހު
ކުޑަކުޑަ ކުދިންގެ މިކަހަލަ ވާހަކަ އަޑު އިވުނީމަ ހިތައް ބައިވަރު ސުވާލުތަކެއް އަރައިފި. މިވެސް ވިޔާ ނުދާ ކަންތަކުގައި ބައިވެރިވާ ކުއްޖަކީ ބާއޭ. މައިން ބަފައިން ދަރިން ބޮޑުވި ކަމަށްބަލާ އެކު އުޅޭ ރަހުމަތްތެރިންނަކީ ކޮންބައެއްތޯ ނުބަލީ ބާއޭ. ތަނަކު ހުރި ރަނގަޅު ކުއްޖަކު ރަހީނު ކޮއްފާނެބާއޭ.