ޚަބަރު

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް


މާލޭ ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެއެވެ. މާފަނުންގައި ހުރި ގުދަނެއްގެ ތެރެއިން ފެނުނު މި ހަރުފަ ހިފާ ސިފައިންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުން މީ ބޮޑު ހަރުފައެކެވެ. ފުލުހުންވެސް ވިދާޅުވީ ގުދަނުގެ ތެރެއިން ފެނިފައިވަނީ ބޮޑު ހަރުފައެއް ކަމަށެވެ. އަދި އެ އިދާރާއަށް މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

މި ހަރުފައިގެ އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއިރު މީ އެންމެ ބޮޑުވާ ވައްތަރުގެ ހަރުތަކުގެ ތެެރޭގައި ހިމެނޭ "ބާމީސް ޕައިތަން"ގެ ހަރުފައެކެވެ. މި ހަރުފަ އާންމު ގޮތެއްގައި 16 ފޫޓަށް ދިގުވެއެވެ.

މި ހަރުފައިގެ އާއްމުވެފައިވާ ފޮޓޯތަކަށް ބަލާއިރު މީ އެންމެ ބޮޑުވާ ވައްތަރުގެ ހަރުފަތަކުގެ ތެެރޭގައި ހިމެނޭ "ބާމީސް ޕައިތަން"ގެ ހަރުފައެކެވެ. މި ހަރުފަ އާންމު ގޮތެއްގައި 16 ފޫޓަށް ދިގުވެއެވެ.