މުނިފޫހިފިލުވުން

ވިލްސްމިތްގެ ފުރަތަމަ ކޮމެޑީ ޝޯ ނެޓްފްލިކްސަށް


ހޮލީވުޑް އެކްޓަރ، ރެޕަރ، ޕްރޮޑިއުސަރ ވިލްސްމިތް އޭނާގެ އެންމެ ފުރަތަމަ ކޮމެޑީ ޝޯ ނެޓްފްލިކްސްއިން ގެނެސްދޭން ތައްޔާރުވާން ފަށައިފިއެވެ. މި ޝޯގެ ޕްރޮއޑިސަރުގެ އިތުރުން ޝޯގެ ހޯސްޓަކީވެސް ވިލް ސްމިތެވެ. ޝޯ

ކޮމެޑީއަށް ޚާއްޞަ މި ޝޯގައި ކޮމެޑީ ސްކެޗަރސް، މިޔުޒިކްގެ ހުށަހެޅުންތައް ފެނިގެންދާނެކަމަށްވެއެވެ. މީގެއިތުރުން ޝޯގައި ގެސްޓުންގެ ގޮތުގައި މަޝްހޫރު ސެލެބިރިޓީންވެސް ބައިވެރިވާނެއެވެ.

މިއަހަރު ފަހުކޮޅު ދައްކަން ހަމަޖެހިފައިވާ މި ޝޯގެ ދިގުމިނަކީ އެއްގަޑިއިރެވެ. ވެސްޓް ބްރޯކް ސްޓޫޑިއޯއިން ޝޯ ޕްރޮޑިއުސް ކުރާއިރު ވިލް ސްމިތް އަކީ ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރެވެ.

އެމެރިކާގެ ޕީކޮކް ޓެލްވިޒަން ނެޓްވޯރކުންވެސް ދަނީ މި ޝޯ ދައްކަން މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ގިނަ ފިލްމުތަކަކާއި ޓެލްވިޒަން ޝޯ އަދި ޑިޖިޓަލް ޕްރޮޖެކްޓް ތަކުގައިވެސް ވިލް ސްމިތް އަންނަނީ މަސައްކަތްކުރަމުންނެވެ. ދާދިފަހުން ނޫސްތަކުގެ ސުރުޚީތަކަށް ވިލް ސްމިތް އަރައިގެން ދިޔައީ އޭނާ ހަށިގަނޑު ފުއްދޭވަރަކަށް ހިއްކާލާފައި ހުރުމުގެ ސަބަބުންނެވެ.

ކާމިޔާބު ފިލްމުތަކެއް ހުށައަޅާދީފައިވާ މި ތަރީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި " ކިންގް ރިޗަޑް" އަދި " އަލާދީން 2 " ހިމެނެއެވެ.