ތެޔޮ ބަރުކޮށްގެން ދަތުރުކުރި އެސްޓީއޯގެ ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ. 4.5 މިލިޔަން ލީޓަރުުގެ ތެޔޮ ބަރުކޮށްގެން ދިޔަ މިބޯޓު ދިޔަވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 15:10 ހާއިރުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ
އެސްޓީއޯގެ ތެޔޮ ބޯޓު "އެމްވީ އަލިހުރަސް" ގދ. ފަރެސްމާތޮޑާ ކައިރިން ދިޔަވާ ކަމުގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސީޖީ ސްކޮޑްރަންގެ ޑައިވަރުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓުގައި 4322.735 ކިލޯލީޓަރުގެ ޑީސަލާއި 456.514 ކިލޯ ލީޓަރުގެ ޕެޓްރޯލް ހުރިކަމަށެވެ. އަދި މިބޯޓުގައި 17 ދިވެހިން ތިބި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ބޯޓުގެ ހަލް އިން ދިޔަވާ ހިސާބު ދެނެގަނެވިފައިވާކަމަށެވެ.