މާލޭ ދެކުނު ފަރާތު ފަޅުތެެރޭގައި އޮތް ލޯންޗެއްގައި ރޯވެ ބިދޭސީއަކު ފިހިއްޖެއެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާގައި ފިހުނު މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބުނީ ހެނދުނު 6:13 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މާލޭގެ ދެކުނު ފަރާތު ހާބަރުން މޭރީ ބްރައުން ކުރިމަތިން އޮންނަ ހިސާބުގައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ 6:45 އެހާކަންހާއިރުކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި އެ ސަރަހައްދުގަި އަޅާފައި އޮތް 6 ލޯންޗަކަށް އެކިވެރިގެ ގެއްލުން ލިބިފައިވާކަމަށެވެ. މި ހާދިސާގައި އަލިފާން ރޯވީ ކޮން ލޯންޗެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ އެ ިއދާރާއިން މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ.