މުނިފޫހިފިލުވުން

އިއްލެގެ "މަޒްލޫމް"، އަހަރެން ރޭޕްކުރީ ބޮސް


2019 ވަނަ އަހަރުގެ އެންމެ ސްޕްރައިޒިން ދިވެހި ފިލްމު ދޫކޮށްލި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) އަނެއްކާވެސް ވަރުގަދަ ޓީޒާއެއް ދޫކޮށްލައިފިއެވެ.

މިފަހަރު އިއްލެ ދޫކޮށްލާފައިވަނީ އޭނާ ގެނެސްދޭ ތައްޔާރުވަމުންދާ ކުރި ފިލްމެއް ޓީޒާކޮޅެކެވެ. "މަޒްލޫމް" ގެ ނަން ދީފައިވާ މި ކުރު ފިލްމުގައި ކިޔާދެނީ ރޭޕްގެ ޝިކާރައަކަށްވި ދެ އަންހެން ކުއްޖެއްގެ ވާހަކައެވެ. ވަޒީފާގެ މާހައުލުގައި ރޭފްގެ ޝިކާރައަކަށްވި ވާހަކަތަކެއް ގެނެސްދޭ މި ފިލްމުގެ މުހިއްމު ކާސްޓުންގެ ތެރޭގައި އިއްލިގެ ކާމިޔާބު ފިލްމު ބަވަތީގެ ދެ ތަރިންކަމަށްވާ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަހްމަދު އިފްނާޒް ފިރާގް ހިމެނެއެވެ.

ދެން ހިމެނޭ ތަރިންގެ ތެރޭގައި މިހާރު ކުރިއަރަމުން އަންނަ ބަތަލާ ވާޝިޔާ މުހައްމަދާއި އައި ފިލްމްސްގެ ކުރިޔަށް އޮތް ފީޗަރ ފިލްމު "ނީނާ" ގެ ބަތަލު ޝަރަފު އަބްދުﷲ ހިމެނެއެވެ. މީގެއިތުރުން ބައިސްކޯފްގެ ސީރީޒް " އެހެނަސް " ގެ ރޯލަކުން ފެނި އެންޒީގެ ލޯތްބާއިއެކީ ގެ އެޑުން ފެނިގެންދިޔަ އަހްމަދު ޝާރިފްވެސް ހިމެނެއެވެ.

އައި ފިލްމްސްގެ ފޭސް ބުކް ޕޭޖްގައި "މަޒްލޫމް"ގެ ޓީޒާ ކޮޅު ދޫކޮށްލާފައިވާއިރު ސްޕޮންސަރ ކުރުމަށާއި ސްޓްރީމިން ރައިޓްސް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރި ސަސްޕެންސް ތްރިލާ "ބަވަތި" އަށްފަހު އެނާގެ ދެވަނަ ފިލްމެއްވެސް ވަނީ އިއުލާންކޮށްފައެވެ. " ނީނާ" ގެ ނަން ދީފައިވާ މި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވަނީ މިހާރު ދުނިޔެއަށް ދިމާވެގެން އުޅޭ ކޯވިޑް ބަލިމަޑުކަމާއި ހެދިއެވެ.

"ނީނާ" ގެ އިތުރުން އައި ފިލްމްސް އިން އަންނަނީ އެހެން ސީރީޒެއްގެވެސް މަސައްކަތް ކުރަމުންނެވެ. 15 އެޕިސޯޑްގެ މި ސިރީޒަށް ދީފައިވާ ނަމަކީ "ބިރުވެރި ވާހަކަ" އެވެ.