ޚަބަރު

ކޯވިޑް ބަލީގައި 27 އަހަރުގެ ދިވެހި ޒުވާނަކު ނިޔާވެއްޖެ


ކޯވިޑް ބަލީގައި ފަރުވާދެމުންދިޔަ 27 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު އިރުއޮއްސި 06:00ގައި ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެއްކަމަށެވެ.
މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދުވަނީ 198އަށް އަރާފައެވެ.

ކޯވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 55 އަހަރުގެ އަންހެނަކުވެސް މިއަދުވަނީ ނިޔާވެފައެވެ.
ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ނިޔާވީ އެމީހާ ނިޔާވީ ސީދާ ކޯވިޑް ބަލީގައި ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގައި ރާއްޖެއިން މިހާތަނަށް ނިޔާވި 198 މީހުން ނިޔާވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.