ޚަބަރު

ކޯވިޑް ޖެހިގެން 55 އަހަރުގެ މީހަކު ނިޔާވެއްޖެ


ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 11:19 ހާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޯވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 55 އަހަރުގެ އަންހެނެއް ނިޔާވެފައިވާކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 198 ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 198 މީހުންގެ ތެރޭގައި ހިމެނެނީ 181 ދިވެހިންނާއި 17 ބިދޭސީންނެވެ.