ޚަބަރު

އެހީތެރިކަން ބޭނުންވި އާއިލާތައް އަނބުރާ ގެއަށް


ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ

ހ. ތަރަބޫޒުގޭގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 02:44 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ހާސިދާގައި އެގޭގެ ފުރަތަމަ ބުރީގައި ރޯވި އަލިފާނގަޑު 03:00 އެހާކަންހާއިރު ނިންވާލާފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާދިސާގައި އެްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.

އެއްވެސް ބަޔަކު ދިރި ނޫޅޭ މި ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެތަނުގައި ހުރި އެންގްރޭވް ކުރުމަށް ބޭނުންކުރާ ލޭޒާ މެޝިންތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ހ. ތަރަބޫޒުގޭގައި ރޭހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން 30 މީހަކަށް އެހީތެރިކަން ފޯރުކޮށްދިންކަމަށް (އެންޑީއެމްއޭ) ވިދާޅުވެއެވެ. އަދި މިހާރު މި އެންމެންވެސް އެމީހުންގެ ގެއަށް ބަދަލުކޮށްފައިވާކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.