ޚަބަރު

އުރީދޫން ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް ބެލުމަށް ޚާއްސަ ޕެކޭޖެއް


ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް ފަސޭހަކަމާއެކު ބަލާލުމަށް "ޔޫރޯ 2020 ޕެކް" ނަމުގައި ޕެކޭޖެއް އުރީދޫން ތަޢާރަފް ކޮށްފިއެވެ.

ޔޫއެފާ ޔޫރޯ 2020ގެ މެޗްތައް އުރީދޫގެ ކަސްޓަމަރުންނަށް ބަލާލެވޭނެ މަގުފަހިކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯރމެއް ކަމުގައިވާ ސޮނީ ލިވްއާއެކުވަނީ ޕާޓްނަރޝިޕެއް ހަދާފައެވެ. މިޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް 250 ރުފިޔާއަށް 20ޖީބީގެ ޑޭޓާ ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ "ޔޫރޯ 2020 ޕެކް"ގެ ދަށުން ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑު އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ ކަމަށް އުރީދޫން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ޚާއްސަ ކޮށްގެން އާޗާ ޕޯސްޓްޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕަރނެޓް 50އެމް އަދި 100އެމް ބޭނުންކުރާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާޗާ ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫން ހާމަކުރެއެވެ. ހަމައެއާއެކު، އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ފަރާތްތަކަށް ސޯޝަލް މީޑިއާއަށް ޚާއްސަ ކޮށްފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020ގެ މެޗްތައް ސޮނީ ލިވް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އަދި އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ސުޕަރނެޓް 50އެމް އަދި 100އެމްއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓަށް އެއްމަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެކަމަށްވެސް އުރީދޫން ބުނެއެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ބޭނުންކުރާ ފަރާތްތަކާއި އަލަށް ނަގާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެ ކަމަށްވެސް އުރީދޫން މަޢުލޫމާތުދެއެވެ.