މުނިފޫހިފިލުވުން

"މަނީ ހެއިސްޓް" އަންނަނީ، މި ސީޒަންގައި ޕްލޮޓަށް ބޮޑު ޓްވިސްޓެއް


ދިވެހިންގެ މަގްބޫލު ސީރީޒްތަކުގެ ލިސްޓުގައި ނެޓްފްލިކްސްގެ "މަނީ ހެއިސްޓް" ހިމެނޭކަން ޔަގީނެވެ. މި ސިރީޒްގެ ސީޒަން ދާދި އަވަހަށް އަންނާނެކަން ނެޓްފްލިކްސްއިން ވަނީ އިއުލާންކޮށްފައެވެ.

މި ފަހަރު ސީރީޒް ބެލުންތެރިންނާއި ހަމައަށް އަންނާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފަސް އެޕިސޯޑް ދައްކަން ފަށާނީ އަންނަ ސެޕްޓެމްބަރމަހުގެ 3 ވަނަދުވަހުއެވެ. އަނެއް 5 އެފިސޯޑް ރިލީސްކުރާނީ ޑިސެމްބަރު މަހުގެ 3 ވަނަދުވަހުއެވެ.

މިދިޔަ ސީޒަނުން ބެލުންތެރިން އެންމެ ގަޔާވި ފިރިހެން ތަރިންނަކީ ދަ ޕްރޮފެސަރ، ރިއޯ، ބަރލިން، ޑެންވާރގެ
އިތުރުން ހެލްސިންކީ އަދި އަރތޫރޯއެވެ. ބަތަލާ ޓޯކިޔޯގެ އަޑުން ގިނަ ވާހަކަތަކެއް ގެނެސްދޭއިރު އަންހެން
ސްޓާރުންގެ ރޯލްތަކަކީވެސް ބެލުންތެރިންނަށް ކަމުދިޔަ ސަޅި ރޯލްތަކެކެވެ.

އެންމެފަހު ސީޒަންގައި ނައިރޯބީ ސީރީޒުން އަލްވަދާއު ކިޔުން ވެގެން ދިޔައީ ނައިރޯބީގެ ފޭނުންގެ ހިތްތަކަށް އަސަރުކުރުވިކަމަކަށެވެ. ނައިރޯބީ އަކީ މި ސީރީޒްގެ ނިމިދިޔަ ހުރިހާ ސީޒަނެއްގައިވެސް މުހިއްމު ރޯލެއް އަދާކުރި ކެރެކްޓަރއަކަށް ވުމުން އަންނަން ތައްޔާރުވަމުންދާ ސީޒަންގައި ވާނެ ގޮތަކާއި މެދު މިހާރުވެސް ވަނީ ސުވާލު އުފެދިފައެވެ.

މިފަހަރުގެ ސީޒަންގައި ޤައިމުވެސް ބެލުންތެރިން ސަމާލުކަން ހޯދާނެ އެއްކަމެއް އެބައޮތެވެ. އެއީ ސީރީޒްގެ އެގްޒެކްޓިވް ޕްރޮޑިއުސަރ އެލެކްސް ޕިނާ ފޭނުން ނަށް ދިން މި މެސެޖެވެ. ފުރަތަމަ ކަމަކީ މިފަހަރުގެ ސީޒަންގައި ގިނަ ބަދަލުތަކެއް ފެނިގެންދާނެއެވެ. އަނެއް ކަމަކީ އަންނަ ސީޒަންގައި ގިނަ އަންހެންތަރިން އެޕިސޯޑްތަކުން ފެނިގެންދާނެއެވެ.

ދެން އޮތީ މި ބޮޑު ބަދަލު ނުވަތަ "ޕްލޮޓް ޓުވިސްޓް" މި ސީރީޒްގެ ފޭނުންނަށް ކަމުދަނީ ކިހާވަރަކަށްތޯ ބެލުމެވެ. އެކަން އެގޭނީ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.