ޚަބަރު

"ހާލުބެލުން" ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް މާދަމާ ރޭ 10އެއް ޖަހާއިރު


ކޯވިޑް-19އާއި ގުޅޭގޮތުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިޔަށް ގެންދާ "ހާލުބެލުން" މި ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމް 8 ޖޫންވާ އަންގާރަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީ އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ހަފްތާއަކު ޕްރޮގްރާމެއް ގެނެސްދިނުމަށް ހަމަޖެހިފައިވާ މިސިލްސިލާގެ މިހަފްތާގެ މަޢުޟޫއަކީ " ކޯވިޑް-19އާއި ހަކުރު ބަލި" މިއެވެ. ކޯވިޑް 19 އާ ބެހޭގޮތުން ބެލުންތެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ޑޮކްޓަރުންނެވެ. މިޕްރޮގްރާމުގައި ބައިވެރިވެ ސުވާލުކުރުމަށް ގުޅާނީ 3316868 ނަމްބަރަށެވެ. ޕްރޮގްރާމް ފެށޭނީ އަންގާރަ ދުވަހުގެ ރޭ ދިހައެއް ޖަހާއިރުއެވެ. މިޕްރޮގްރާމަށް ޓުވިޓަރ އާއި ފޭސްބުކް މެދުވެރިކޮށްވެސް ސުވާލު ފޮނުވޭނެއެވެ.

"ހާލުބެލުން" މި ސިލްސިލާގެ ކޮންމެ ޕްރޮގްރާމެއްވެސް ގެންދާނީ ކޯވިޑް ބައްޔާ ގުޅުންހުރި ކޮންމެވެސް އެއް މަޢުޟޫއަކަށެވެ.
މި ޕްރޮގްރާމްގެ މަޤްސަދަކީ ކޯވިޑް 19 އާ ގުޅޭގޮތުން އާއްމުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޑޮކްޓަރުން މެދުވެރިކޮށް ޖަވާބުދީ ބައްޔާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ސްޓޫޑިއޯގައި ކުރިޔަށްގެންދާ މި ޕްރޮގްރާމް އެހެން ޓީވީ ޗެނަލްތަކުންނާއި އޮންލައިން ޕްލެޓްފޯމް ތަކުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

ނިމިގެންދިޔަ އަހަރުގެ އޯގަސްޓްމަހު ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެންވެސް ދިވެހި މީޑިއާއިންވަނީ "ކޯވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި މީޑިއާ ކެމްޕެއިނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.