ކުޅިވަރު

ފްރެންޗް އޯޕަންއިން ރޮޖަރ ފެޑެރަރ ވަކިވެއްޖެ


ޕްރެންޗް އޯޕަންގެ ހަތަރުވަނަ ބުރުން ޖާގަ ހޯދުމަށްފަހު ރޮޖަރ ފެޑެރަރ މުބާރާތުން ވަކިވެއްޖެއެވެ. ފެޑެރަރ މުބާރާތުން ވަކިވެފައިވަނީ މިމަހުގެ ފަހު ކޮޅުގައި ފެށުމަށް ހަމަޖެހިގައިވާ ވިންބަލްޓަން މުބާރާތަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މިހާރު ކުރިއަށްދާ ޕްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ތިންވަނަ ބުރުން ފެޑެރަރ ޖާގަހޯދީ ޑޮމިނިކް ކޮއެފަރ އާއި ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ވެގެންދިޔައީ ފެޑެރަރއަށް ވަރަށް އުނދަގޫ މެޗަކަށެވެ. މިގޮތުން ހަތަރު ސެޓްގެ ތެރެއިން ތިން ސެޓް ނިމުނީ ޓައި ބްރޭކަށް ގޮސްގެންނެވެ.

ކަކުލުގެ އޮޕަރޭޝަނާއި ގުޅިގެން ކުޅުމާއި ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރެފައި އެބުރި އައިސް، ފެޑެރަރއަށް އަދި މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗްތައް ދިގު ލައިގެން ދިއުމާއި ގުޅިގެން ފެޑެރަރއަށް ގިނަ އުދަތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މިމަހުގެ ފަހު ކޮޅުގައި ފަށާ ވިންބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފިނަމަ ފެޑެރަރއަށް ރެކޯޑް އަދަދެއްކަމަށްވާ 13 ފަހަރު މިމުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ޕްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ތިންވަނަ ބުރުން ޖާގަ ހޯދި މެޗަށްފަހު ފެޑެރަރ ބުނީ އޭނާގެ ޓީމާއި ވާހަކަދެއްވުމަށްފަހު މިވަގުތު އެންމެ ރަގަނޅުކަމަކަށް ފެނުނީ ފެރެންޗް އޯޕަން މުބާރާތުން ވަކިވުންކަމަށެވެ. ދެ ފަހަރު ކަކުލުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ކްލޭ ކޯޓްގައި ކުޅެމުންދާ ފްރެންޗް އޯޕަން މުބާރާތުގައި ކުރިއަށް ހުރި މެޗްތައް ކުޅެގެން އަނިޔާ ވުމަށްވުރެއް، ގްރާސް ކޯޓްގައި ކުޅޭ ވިންބަލްޑަން މުބާރާތައް ތައްޔާރުވުން މާރަގަނޅުވާނެކަމަށް ފެޑެރަރ ބުންޏެވެ. 39 އަހަރުގެ ފެޑެރަރ ބުނީ ދުވަސްކޮޅެއް އޮފް ނެގުމަށްފަހު މިމަހުގެ ފަހުކޮޅުފައި ފަށާ ވިންބަލްޑަން އަށް ވަރަށް ރަގަނޅަށް ތައްޔާރުވާނެކަމަށާއި ބޭނުންވަނީ މުބާރާތަށް އެންމެ ރަގަނޅަށް ރައްޔާރުވާންކަމަށެވެ.

ވިންބަލްޑަން ޓެނިސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 އިން ޖުލައި މަހުގެ 11ވަނަ ދުވަހު ނިޔަލަށެވެ. ފްރެންޗް އޯޕަން އިންތިޒާމް ކުރާ ފަރާތުން ބުނީ ފެޑެރަރ މުބާރާތުން ވަކިވުމަކީ ވަރަށް ދެރަކަމެއްކަމަށާއި މުބާރާތުން ވަކިވިނަމަވެސް، މިހާތަނަށް ކުޅުނު މެޗްތަކުން ފެޑެރަރވަނީ މޮޅު ކުޅުމެއް ދައްކާފައިކަށެވެ.