ރާއްޖެއިން ކޯވިޑް ޖެހުނު 93 އަހަރުގެ މީހެއް ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ ފިރިހެނެއް ރޭ ދަންވަރު 12:47 ހާއިރު ނިޔާވެފައިވާކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 183 ވަނަ މީހާއެވެ.
At 00:47 am (6/06/21) a 93-year-old Maldivian male admitted at HMF has passed away
— Health Protection Agency (@HPA_MV) June 6, 2021
This is the 183rd COVID-19 death in the Maldives
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
ރާއްޖެއިން އިއްޔެވެސް 4 މީހަކު ވަނީ ކޯވިޑް ޖެހިގެން ނިޔާވެފައެވެ. އޭގެތެރޭގައި 28 އަހަރުގެ އަންހެނެއްވެސް ހިމެނެއެވެ.
ރާއްޖެއިން ނިޔާވި 183 މީހުންގެ ތެރޭގައި ހިމެނެނީ 166 ދިވެހިންނާއި 17 ބިދޭސީންނެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާރުވެސް 191 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.