ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒްއަށް ބަޔަކު އިންޒާރުދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. 
ހައިތަމްގެ ދެކަނބަލުންނާ ބަޔަކު މަގުމަތިން ދިމާކޮށް އަޑުގަދަކޮށް އިންޒާރު ދިން މައްސަލަ އެއް ފުލުހުންނަށް ހުށައެޅި  އެ މައްސަލަ ތަހުޤީގު ކުރަމުންގެންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 
ހައިތަމް އާއި އަނބިކަނބަލުން ދަނިކޮށް އެބަޔަކު އަޑުގަދަކުރަމުން އިންޒާރުދެމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓައްވެސް އެމީހުން އެރިކަމަށް މަޢުލޫމާތު ލިބެއެވެ. 
ހައިތަމް އާއި ޝަޖާން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުއެވެ. އަދި ހައިތަމްގެ އަނބިކަނބަލުން އިންނެވީ ބަލިވެ ކަމަށްވެސް މަޢުލޫމާތުލިބިއެވެ.