ތަޢުލީމު

ވީޑިއޯ ކޮންފަރެންސްތަކާ އެކު ސްކޫލުތަކަށް ހެޔޮ ބަދަލެއް އަންނާނެ


10 އަތޮޅެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް
އަތޮޅުގައި ތިބޭ ޕްރިންސިޕަލުންނާ ބައްދަލުކުރެވޭނެ ނިޒާމެއް އެޑިއުކޭޝަން
މިނިސްޓްރީން ޤާއިމްކުރައްވައިފައިއެވެ.

ބ.އަތޮޅުގެ ޕްރިންސިޕަލުންނާއެކު ބޭއްވި
ވީޑިއޯ ކޮންފަރެންސް ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތަށްފަހު މިނިސްޓަރ
ޑރ.އައިޝަތު ޝިހާމް ވިދާޅުވީ މިކަމުގެ ސަބަބުން ޚަރަދުކުޑަ ގޮތެއްގައި
ބައްދަލުވުންތައް ބޭއްވި ބެލެނިވެރިން ހިތްހަމަ ޖެހޭފަދަ ފެންވަރަށްކަށް
ސްކޫލްތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރެވިގެންދާނެކަމަށެވެ.



މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މި ޚިދުމަތް ފުރަތަމަ ޤާއިމްކޮށްފައިވަނީ ލ، ސ، ގއ، އދ، ބ، މ، ދ، ރ،
ހދ އަދި ފ އަތުޅުގައެވެ. އަދި މިހާރު މި އިންތިޒާމް ހަމަޖެހިފައިނުވާ އަތޮޅުތަކުގައި
ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި އެޚިދުމަތް ހަމަޖެހިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.