19 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 11:04 އެހާކަންހާއިރުކަމަށެވެ. މި މައްސަލަ ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.